ބުޅާތަކެއް ހާއްސަކޮށްގެން ހަދަން ނިންމާފައިވާ ފެސިލީޓީ އަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.
އެ ފެސިލިޓީ ހަދަން ބިން ހަމަޖައްސާފައި ވަނީ ހުޅުމާލޭގެ ބައެއްގެ ގޮތުގައި އޮންނަ ފަރުކޮޅުފުށިންނެވެ. އެގޮތުން 5،000 އަކަފޫޓްގެ ބިން މިހާރު ވަނީ ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ކައުންސިލާ ހަވާލުކޮށްފަ އެވެ.
ހުޅުމާލޭގައި ކެޓް ޝެލްޓަރ އެޅުމަށް ބޭނުންވާ ބިން @MAAWmv ގެ ފަރާތުން ކައުންސިލާއި ހަވާލުކުރުން pic.twitter.com/fDr6QU0joc
— Malé City Council (@MaleCitymv) February 9, 2024
ބުޅާ ފެސިލިޓީ ހަދަން މާލެ ސިޓީ ކައުންސިލާ އެ މިނިސްޓްރީން ހަވާލުކުރީ މިދިޔަ މަހުގެ 25 ގަ އެވެ.
ހަ މަސް ދުވަހުގެ ތެރޭގައި އެތަން ނިންމަން ހަމަޖެހިފައިވާ އރު، ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކް އަދި ފިހާރައެއް ވެސް ހުންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.