Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ރައީސްގެ ކެމްޕޭން ސްޕީޗް ފޮތް އޮންލައިންކޮށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކެމްޕޭންގެ ތެރޭގައި ދެއްކެވި ހުރިހާ ވާހަކަތަކެއް ހިމަނައިގެން އެކުލަވާލި ގޮތް އޮންލައިންކޮށް ކިޔޭ ގޮތަށް ހަދައިފި އެވެ.

އެގޮތުން ރައީސް އޮފީހުގެ ވެބްސައިޓް އިން presidency.gov.mv/drmuizzu2023 "ދިވެހީންގެ ރާއްޖެ: ޑރ. މުހައްމަދު މުއިއްޒު" ކިޔައިލެވޭނެ އެވެ. މިއީ 1،024 ސޮފްހާގެ ފޮތެކެވެ. ފޮތް ޕީޑީއެފް ފޯމެޓްގައި ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

އޮންލައިންކޮށް، ފޮތް ކިޔޭނެ ގޮތް ހެދި އިރު، ފޮތުގެ ކޮޕީތަކެއް އެކިއެކި އިދާރާތަކަށް ބަހަން ވެސް ވަނީ ނިންމައިފަ އެވެ. އެހެންވެ ފޮތް މިހާރު ވަނީ ރާއްޖެ އިން ބޭރުން ޗާޕް ވެސް ކޮށްގެން ގެނެސްފަ އެވެ.

"ދިވެހީންގެ ރާއްޖެ: ޑރ. މުހައްމަދު މުއިއްޒު" ގައި ހިމަނާފައި ވަނީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބަށް ވާދަކުރައްވަން އޮގަސްޓް 7 ގައި ހުށަހެޅުއްވި ހިސާބުން ފެށިގެން ރިޔާސީ އިންތިހާބުގެ ދެވަބަ ބުރުގެ ކެމްޕެއިން ސެޕްޓެމްބަރު 29 އާ ހަމައަށް ނިންމައިލި ހިސާބަށް ދެއްކެވި ވާހަކަތަކެވެ.

ކެމްޕޭންގައި ރައީސް ވަނީ 53 ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވައިފަ އެވެ. ތަފާތު އެކި އިންތިޚާބީ ހަރަކާތްތަކުގައި، ޤައުމުގެ ޙާލަތާއި ކުރިމަގާ މެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު ވާހަކަފުޅު ދައްކަވާފައިވެ އެވެ.

ރައީސް ރިޔާސީ އިންތިހާބު ކާމިޔާބުކުރެެއްވީ ސެޕްޓެމްބަރު 30 ގައި ބޭއްވި ދެވަނަ ބުރުގަ އެވެ. އަދި ރައީސްކަމުގެ ހުވާކުރެއްވީ ނޮވެމްބަރު 17 ގަ އެވެ.