މިއަދު ފާހަގަކުރަމުން އަންނަ ޝަހީދުގެ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިއްޖެ އެވެ.
އެ މަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ ހެނދުނު 10:00 ގަ އެވެ.
ޝައުބާން މަހުގެ 1 ވަނަ ދުވަސް ރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ދިވެހި ގައުމާއި މިނިވަންކަންމުގެ ދިފާއުގައި ހަނގުރާމަ ކުރައްވަނިކޮށް އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެދައިގެން ދުވަހަށް ނިސްބަތްކޮށެވެ.
އަލި ރަސްގެފާނު ޝަހީދުވެޑައިގަތީ ހިޖްރުއިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ގަ އެވެ. އެ ރަސްގެފާނު ޝަހީދުވެޑައިގަތީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރަން ކުރެއްވި ޖިހާދުގަ އެވެ.