Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ސިފައިންތަކެއް އެއާބޯން ކޯހެއް ފުރިހަމަކޮށްފި

ސްރީ ލަންކާގައި ބޭސިކް އެއާބޯން ކޯހެއް ދިވެހި ސިފައިންތަކެއް ފުރިހަމަކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ "ބޭސިކް އެއާބޯން: އެމްއެންޑީއެފް 04"، އެތަނުގެ ސްޕެޝަލް ފޯސަސްގެ 18 ސިފައިންގެ މީހަކު ފުރިހަމަކޮށް، ކޯހުގެ ބެޖު ހާސިލުކޮށްފައިވާ ކަމަށެވެ.

ކޯސް ފުރިހަމަކުރި ބައިވެރިންނަށް ކޯހުގެ ބެޖު ހަވާލުކޮށްދެއްވީ ލަންކާ އަސްކަރިއްޔާ ކޮމާންޑަރުގެ އިތުރުން އެ ގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް، މޭޖަ ޖެނެރަލް ޕެއިރިސް އެވެ. އެ ރަސްމިއްޔާތުގައި، ރާއްޖޭން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު، ކާނަލް ޙަސަން އާމިރު ވެސް ބައިވެރިވެވަޑައިގަތެވެ.

ކުޑައޯޔާގައި ހުންނަ ކޮމާންޑޯ ރެޖިމެންޓް ޓްރެއިނިން ސްކޫލުގައި ކުރިއަށް ދިޔަ ބޭސިކް އެއާބޯން ކޯހުގައި ބައިވެރިވެ، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއިން 18 ސިފައިންނާއި، ލަންކާ އާމީގެ 15 ސިފައިން ފުރިހަމަކޮށްފައިވެ އެވެ.