Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އަމީން އުނގޫފާރު ދާއިރާ އަށް ވާދަކުރައްވަނީ

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ރ. އުނގޫފާރު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި އުނގޫފާރު ދާއިރާ އަށް ވާދަކުރަން ނިންމާފައިވާ ކަމަށާއި އިންތިޚާބު ކާމިޔާބުކޮށް ދާއިރާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތަށް އަތުކުރި އޮޅަމުން، ދާއިރާ ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށެވެ.

އުނގޫފާރު ދާއިރާ އަށް އަމީން ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 14 ވަނަ ދުވަހެވެ.