Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

އިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާ ދެނީ

މާލޭގެ އިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ޗާންދަނީ މަގުގެ އިމާރާތަކުން މިއަދު ހެނދުނު 10:30 އެހާކަށްހާ އިރު، ވެއްޓުނު މީހާ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

އެނގިފައިވާ ގޮތުގައި އިމާރާތެއްގެ ނުވަ ބުރިން ސިޑި ގޮޅިއަށް ވެއްޓުނީ ބިދޭސީ ފިރިހެނެކެވެ. ނަމަވެސް އެ މީހާ އަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ނުލިބެ އެވެ.

ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.