Last Updated: November 27, 09:25
Wednesday, November 27, 2024
ޚަބަރު

އަމިއްލަ ގޮތުން އައްޑޫ މީދޫ ދާއިރާ އަށް އައްދު ވާދަކުރަނީ

އައްޑޫ މީދޫ ދާއިރާގެ ޕީޕީއެމް/ ޕީއެންސީގެ ކުރީގެ ރައީސް އަބްދުއްރަހްމާން- އައްދު އަމިއްލަ ގޮތުން މަޖްލިސްއަށް ވާދަކުރުމަށް މިއަދު ފޯމު ހުށަހަޅައިފިއެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި އައްދު އިލެކްޝަން ކަމިޝަނާއި ޕޯމު ހަވާލު ކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ސަޕޯ
ޓަރުން ވަނީ އައްދު އާއި އެކު ގޮސްފައެވެ.

ފާއިތުވި 5 އަހަރު ޕީޕީއެމް/ޕީއެންސީ މީދޫގައި ދިރުވައި، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މީދޫގައި ހިންގި އައްދު އަކީ ރައީސް ޑރ. މުއިއްޒު އިންތިހާބު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ. ނަމަވެސް ފަހުވަގުތު ޕާޓީންވަނީ އައްދުގެ ހިދްމަތް ބަލައި ނުގަނެ ޕާޓީން ބާއްވާ ޕްރައިމަރީގައި ބައިވެރި ނުވެވޭނެ ކަން އަންގާފައެވެ. އެއާއި އެކު އައްދު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކޮށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަށް ނިންމާފައެެވެ.

އައްދު ވަނީ 2019 ވަނަ އަހަރު ބޭއްވި މަޖްލިސް އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްފައެވެ. ވާދަވެެރި އެ އިންތިހާބުގައި ރޮޒެއިނާ މީދޫ ދާއިރާގެ ގޮޑި ކާމިޔާބު ކުރީ ހަނި ތަފާތަކުންނެވެ.

މީދޫގެ ތަރައްޤީގައި އަމަލީ ގޮތުން ބައިވެރިވެ ރަށުގެ ކުރިއެރުމަށް އަބަދުވެސް މަސައްކަތް ކުރާ އައްދު އަކީ މީދޫގެ ހުރިހާ އުމުރުފުރައިގެ މީހުންނާއި ގުޅޭ ރައްޔިތުންގެ މީހެކެވެ. ގިނަ ދުވަސްތައްް ރަށުގައި ހޭދަކޮށްފައިވާ އައްދު އަކީ ޒުވާނުންގެ ކުރިއެރުވުމަށްވެސް އަމިއްލަ ގޮތުން ގިނަ ހޭދަތަކެއް ކުރައްވާ ޒުވާނުންގެ އެކުވެރިއެކެވެ.

މީގެ އިތުރުންވެސް ރަށުގެ އިޖްތިމާއީ ކަންކަމުގައި އަބަދުވެސް އައްދުއަކީ އެހީތެރިވާ މަދަދުގާރެކެެވެ. އެހެންވެ ރަށުގެ ރައްޔިތުން ތިބީ އައްދު އާއި އެކު މަޖްލިސް ގޮޑި ރައްޔިތުންގެ ގޮޑިއަށް އިންތިހާބު ކުރުމަށެވެ.