Last Updated: November 27, 09:34
Wednesday, November 27, 2024
ޚަބަރު

މި އަހަރުގެ ސަޓާ އެވޯޑްސް އަށް ހުޅުވާލައިފި

މި އަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ އެވޯޑްސް) އަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެވޯޑް ދޭން ހަމަޖެހިފައިވާ ކެޓަގަރީތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ. އެވޯޑަށް www.southasiantravelawards.com އޮންލައިންކޮށް ކުރިމަތިލެވޭނެ އެވެ.

މި ފަހަރުގެ އެވޯޑުގައި ކެޓަގަރީތަކެއް އިތުރު ވެސް ކޮށްފައިވެ އެވެ. އެގޮތުން ޕްރޮޕަޓީތަކާއި ބްރޭންޑްތަކުގެ ހުނަރު ދައްކާލުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދީފައިވެ އެވެ. މިހާރު ދެމުންދާ އެވޯޑްތަކުގެ އިތުރުން ވިޒިޓާސް ޗޮއިސް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް ވެސް މިހާރު ވަނީ ހިމަނައިފަ އެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އެންޑޯޒް ކޮށްފައިވާ ސަޓާ އެވޯޑަކީ 2016 އިން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.