ފައިލޭރިއާއަށް ސްކްރީން ކުރުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކެމްޕޭން މާދަމާ ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެތަނުން ބުނީ މި ކެމްޕޭން ކުރިއަށް ގެންދާނީ ރެޑް ކްރެސެންޓާއިކައުންސިލްތަކުގެ އިތުރުން ހޮސްޕިޓަލްތަކާއި ރަށްރަށުގެ ހެލްތު ސެންޓަރުތައް ގުޅިގެން ކަމަށެވެ.
މިއީ ފައިލޭރިއޢާ އެގޮތުން ދިވެހިންނާއި ރާއްޖޭގައ އުޅޭ ބިދޭސީންގެ މެދުގައި އޮތް މިންވަރު ދެނެގަތުމަށް ހިންގާ ކެމްޕޭނެއް ކަމަށެވެ. އެގޮތުން މީހުން އުޅޭ ހުރިހާ ރަށަކާއި ރިސޯޓްތަކާއި އަދި ސިނާޢީ ރަށްތަކުން ހޮވާ, އުމުރުން 18 އަހަރު ވެފައިވާ މީހުން ކެމްޕޭންގައި ސްކްރީން ކުރާނެ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ލޭ ނަގައިގެން އެންޓިޖެން ޓެސްޓު ކިޓް ބޭނުންކޮށްގެން ކުރާ މި ޓެސްޓުގެ ނަތީޖާ 10-15 މިނިޓު ތެރޭ ލިބޭނެއި ކަމަށެވެ.
ފައިލޭރިއާއާ ގުޅޭ ގައުމީ ކެމްޕޭނެއް ރާއްޖޭގައި ހިންގަން ނިންމީ ދާދި ފަހުން އެ ބަލި ޖެހިފައިވާ ބިދޭސީންތަކެއް ރާއްޖެ އިން ފެނުމާ ގުޅިގެންނެވެ. ފައިލޭރިއާ އިން ރާއްޖެ އިން ނައްތާލައި އެކަމުގެ ސެޓްފިކެޓް ވެސް ހޯދާފައިވާ ގައުމެކެވެ. އެއީ 2016 ގަ އެވެ.
ފައިލޭރިއާ އަކީ މަދިރީގެ ޒަރީރާ އިން ޖެހޭ ބައްޔެކެވެ.