Last Updated: November 27, 09:34
Wednesday, November 27, 2024
ޚަބަރު

އައްޑު އަށް 504 ސްމާޓް ހައުސިން ޔުނިޓް

ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން.

އައްޑޫގައި 500 އަށް ވުރެ ގިނަ ސްމާޓު ހައުސް އެޅުމަށް ޔޫއޭއީގެ ކުންފުންޏަކުން ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.

ދުބާއީގައި ރާއްޖެ އިން ބޭއްވި އިންވެސްޓް ފޯރަމަށް ފަހު ޔުނައިޓެޑް ސްޓާސް ގުރޫޕްގެ ސީއީއޯ ނިޕުނާ ވަހަލަތަންތަރިގެ ވިދާޅުވީ އެޗްޑީއެފްސީ މެދުވެރިކޮށް އައްޑޫގައި ހައުސިން މަޝްރޫޢެއް ހިންގުމަށް ބޭނުންވާ ފަންޑިން ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން ރައީސް އޮފީހާ އެކީ މަޝްވަރާތަކެއް ވެސް ކުރިއަށްދާ ކަމަށެވެ.

އޭނަ ވިދާޅުވި ގޮތުގައި އައްޑޫގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތައް އެޅުމަށް ބޭނުންވާ ފައިސާ އޭނަގެ ކުންފުނިން ހަމަޖައްސާނީ ސަރުކާރަށް ބުރަ އެންމެ ކުޑަވާނެ ގޮތެއް ބަލައިގެންނެވެ. ކަމަށެވެ. އެގޮތުން އެ ފައިސާ ހަމަޖައްސަނީ ބަދަލުގައި ސަރުކާރުން ކޮލަޓެރަލްއެއް ދޭން ނުޖެހޭނެ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްރޫ އަށް ފޯރުކޮށްދޭ ފައިސާ އަނބުރާ ދައްކަން 20 އަހަރުގެ މުހުތަލެއް ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.

ނިފްނާ ވިދާޅުވީ 504 ސްމާޓު ހައުސް ބިނާކުރުމަށްޓަކައި 100 މިލިއަން ޑޮލަރު ފޯރުކޮށްދިނުމާ މެދު މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޔުނައިޓެޑް ސްޓާސް ގުރޫޕަކީ ޔޫއޭއީގެ ހޯމް މިނިސްޓަރު އަޙްމަދު ބިން ޚަލީފާ އައްސުވައިދީގެ އާއިލީ ކުންފުންޏެވެ. އެ ކުންފުނިން ވަނީ ރާއްކޭގައި ހަ އެއާޕޯޓެއް ތަރައްގީކުރަން ފައިނޭންސްކުރަން ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ބޭރުގެ ކުންފުންޏަކުން އައްޑޫގައި ސްމާޓް ހައުސިން ސްކީމަކަށް އިންވެސްޓްކުރަން ޝައުގުވެރި އިރު، ސަރުކާރުން އޮތީ ރާއްޖޭގެ އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވެ އެވެ. އެގޮތުން ދެކުނުން އައްޑޫ އެ މަޝްރޫއުގައި ހިމެނެ އެވެ.

އިންވެސްޓް ފޯރަމްގައި ސަރުކާރުން އެ މަޝްރޫއަށް އިންވެސްޓަރުން ހޯދަން ހުޅުވައިލި އެވެ.