ތ. ވަންދު އާއި ދ. ހުޅުދެލީގައި ވެސް ޕޮލިސް ޕޯސްޓު ހުޅުވައި، އެ ދެ ރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދޭން ފަށައިފި އެވެ.
އެ ދެ ރަށުގެ ޕޮލިސް ޕޯސްޓް ވެސް ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ.
ސީޕީ ވިދާޅުވީ ރާއްޖެ އަކީ ތަންމިނަށް ހުޅުވިފައިވާ ގައުމަކަށްވެފައި ކުށް ދައުރުވުން އެހެން ގައުމުތަކާ އަޅައިބަލާ އިރު ހަލުވި ގައުމަކަށްވީތީ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ދިނުން މުހިންމު ވަރަށް މުހިއްމު ކަމަށެވެ. އަދި ދާހިލީ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނުނު ތަންފީޒުކުރުވައި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދޭ މަރުކަޒެއް ކޮންމެ ރަށެއްގައޮ ހުޅުވައި ޚިދުމަތް ދިނުމަށް ފުލުހުންގެ ގާނޫނު ލާޒިމުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ހަފުތާގައި ހއ. ފިއްލަދު އާއި ހދ. ކުރިނބީގައި ވެސް ޕޮލިސް ޕޯސްޓް ހުޅުވާފައިވެ އެވެ.
މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޕޯސްޓް ގާއިމުކޮށްފައިވެ އެވެ.