ސިފައިންގެ ވަޒީފާއަށް އަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.
ކުރިން ދިން މުއްދަތު އިއްޔެ އަށް ހަމަވުމާ ގުޅިގެން، އެ މުއްދަތު މިހާރު ވަނީ މި މަހުގެ 29 އާ ހަމައަށް އިތުރުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލެވޭނީ އުމުރުން 18-25 އަހަރާ ދެދެމުގެ ޒުވާނުންނަށެވެ. ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ. އިތުރު ޝަރުތުތަކުގެ ތެރޭގައި ވޭތުވެ ދިޔަ ފަސް އަހަރު ކުށުގެ ރެކޯޑެއް ނެތުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން ހިމެނެއެވެ.
ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ވެބްސައިޓް mndf.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު 3035830 އިން ހޯދޭނެ އެވެ.