އިދިކޮޅު ޕާޓީތަކުން މިހާތު އުޅެނީ އަމިއްލަ ޖީބާއި، ވެރިކަމުގެ ލައްޒަތާއި ޖާހަށްޓަކައި ވެރިކަން ވައްޓަލާވެވޭތޯ ކަމަށް ފޭދޫ މަޖިލިސް މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތް މެންބަރު އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ދެއްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ބުނެ ދޮހު ޚަބަރު ފަތުރައި އިދިކޮޅުން އުޅެނީ އަމިއްލަ ޖީބު ބޮޑުކޮށް، ވެރިކަމުގެ ލައްޒަތާއި ޖާހަށްޓަކައި ކަމަށެވެ.
"އެ މަސައްކަތުން ސާފު ވަނީ ގައުމާއި ރައްޔިތުންގެ މައްޗަށް އެއްވެސް ކުލުނެއް ލޯތްބެއް ނެތްކަން." ނިހާދު ވިދާޅުވި އެވެ.
Bankrupt wejje ey kiyai dhogu fathurai, Masakkaih kuranee bangroot kohlaigen viyas werikan wattaaleweythoa… e masakkathun saafu vanee gaumaai Rayyithun ge machchah evves kuluneh loaihbeh Neih kan! Ulhenee Amilla jeeb bodu kuran + werikamuge lazzathaai Jaahathah taka! Dhera 😭
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 16, 2024
އޭނަ މި މޭރުމުން އިދިކޮޅަށް ފާޑު ވިދާޅުވެފައި މި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ނަމަވެސް އިންޓަނޭޝަނަ،ލް މަނިޓަރީ ފަންޑް (އައިއެމްއެފް) އެހީ ނުހޯދައި ސަރުކާރުގެ މާލީ ހާލަތު ހަމައަކަށް އެޅުމުގެ ވައްޓަފާޅި ސަރުކާރުގައު ހުންނަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނިކޮށެވެ.
މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އޭގައި މިނިސްޓަރު ވިދާޅުވެފައި އޮތީ ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލަން ފިލައި ތިބެ ބަޔަކު މަސައްކަތްކުރާ ކަމަށެވެ.
"[އެކަން ކުރަނީ އެ މީހުން] އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން،" މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ. އިގުތިސާދީ ހާލަތު އައްނަނީ ކުރިން ލަފާކުރި ވަރަށް ވުރެ ވެސް ބާރަށް ރަނގަޅުވަމުން."