އައްޑޫ ފޭދޫން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުލުން މިރޭ ބާއްވަން ނިންމައިފި އެވެ.
ކުރިން ގުރުއަތުލުން ބާއްވަން އޮތީ މިއަދު މެންދުރު ފަހު 2:30 ގައި ފޭދޫ ސްކޫލްގަ އެވެ. ނަމަވެސް މިހާރު ގުރުއަތުން މިރޭ 8:00 އަށް ބަދަލުވެފައިވާ ކަމަށް އަވަށު އޮފީހުން ބުންޏެވެ.
ފޭދު އަކީ މިދިޔަ އަހަރުގެ ކުރީކޮޅު އައްޑޫން ގޯތި ދޭން ނިންމި ހަތަރު އަވަށުގެ ތެރެއިން ހިތަދޫ ފިޔަވައި އެންމެ ގިނަ ގޯތި ދޭން ނިންމި ރަށެވެ. އެ އަވަށުން 300 ގޯއްޗަށް ހުޅުވައިލި އެވެ. އެއީ ފޭދޫ ރަށްވެހިންނަށް ކެޓަގަރީ A) 250) ގޯއްޗާއި އެހެން އަވަށްތަކުގެ މީހުންނަށް (ކެޓަގަރީ B) ހާއްސަކުރި 50 ގޯއްޗެވެ.
އެގޮތުން މިރޭ ގުރުލުން ބާއްވާނީ ދެ ކެޓަގަރީން ގޯއްޗަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން ކެޓެގަރީ Aގެ ޝުމާރު ނަންބަރު 1 -270 އަށް އަދި ކެޓެގަރީ B ގެ ޝުމާރު ނަންބަރު 1-30 އަށެވެ.
އަވަށު އޮފީހުން ބުނީ ކެޓެގަރީ ގެ ގެ ޝުމާރު ނަންބަރު 271 އަދި ކެޓެގަރީ B ގެ ޝުމާރު ނަންބަރު 31 އިން ފެށިގެން ހުރި ފަރާތްތަކުގެ ގުރުއަތު ނަގާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ފޭދޫގެ އިތުރުން ގޯތި ދޭން ނިންމީ ހިތަދު އާއި މީދޫގެ އިތުރުން ހުޅުދޫންނެވެ. އެގޮތުން ޖުމްލަ 1،000 ގޯއްޗަށް ހުޅުވައިލި އެވެ. އެއީ ހިތަދޫން 500 ގޯއްޗާއި މީދު އާއި ހުޅުދޫން ކޮންމެ އަވަށުން 100 ގޯއްޗެވެ. އެ އަވަށްތަކުގެ ގުރުލުން ވަނީ ބާއްވައިފަ އެވެ.