ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
މި ދަތުރުގައި އެ މަނިކުފާނު އައްޑު އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅަށް ވަޑައިގަންނަވާނެ އެވެ. މިއީ ފަސް ދުވަހުގެ ދަތުރެކެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އައްޑުއަށެވެ.
މި ދަތުރުގެ ތެރެއިން މިރޭ ހިތަދޫ ރައްޔިތުންނާ އެކު ހާއްސަ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވެ އެވެ. އައްޑޫ ހައި ސްކޫލްގައި ބާއްވާ އެ ޖަލްސާގައި ހިތަދު އާއި ހުޅުމީދުއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިނާއި ސާވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވެ އެވެ.
President Dr @MMuizzu departs on a five-day visit to Addu and Fuvahmulah Cities and islands of South Huvadhu Atoll and North Huvadhu Atoll. pic.twitter.com/UT32kurMgM
— The President's Office (@presidencymv) February 18, 2024
މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައިސް އަައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ރައީސްގެ މި ދަތުރުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ އެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ރައީސްގެ މި ދަތުރުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ވެރިކަމަށް ވަޑައިގަތް ފަހުން ރަސްމީ ދަތުރެއްގައި ރައީސް ފުރަތަމަ ވަޑައިގަތް އަތޮޅަކީ ތ. އަތޮޅެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވި އެވެ.