އާމްދަނީ ހޯދުމަށްޓަކައި ގޭގައި ކާބޯތަކެތި އުފައްދައި ވިއްކާ މީހުންގެ ދަފުތަރަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފި އެވެ.
އެތަނުން މިއަދު ބުނީ އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި އުފައްދައި ވިއްކާ މީހުން ކުރިއެރުވުމުގެ މަގުސަދުގައި އެފަރާތްތަކުގެ ދަފުތަރެއް ޤާއިމުކުރުމުގެ ގޮތުން އެކުލަވައިލެވިފައިވާ އުސޫލާ އެއްގޮތަށް ދަފްތަރުވުމުގެ ފުރުސަތު ހުޅުވައިލީ ކަމަށެވެ.
އެގޮތުން އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން، އިކޮނިމިކް މިނިސްޓްރީގައި ވިޔަފާރިއެއް ގޮތުގައި ރަޖިސްޓަރީކުރުން ލާޒިމުނުވާ، އެކަމަކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ބެހޭ ޤާނޫނުގެ "އެންމެ ކުދި" ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން، އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި އުފައްދާ މީހުންނަށް ދަފުތަރުގައި ރަޖިސްޓްރީވެވޭނެ އެވެ.
އެގޮތުން މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ އެވެ. ދަފުތަރުގައި ރަޖިސްޓަރީ ވެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށެވެ. ކަމަށެވެ. މީގެ އިތުރުން ވަޒީފާގައި ބަޔަކު ނުގެންގުޅޭ އަދި މިފަދަ މީހުންނަކީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި އުފައްދައި، 100 ޕަސެންޓު ދިވެހިންގެ ބައިވެރިވުން އޮންނަ މިކަން ކުރާ ބަޔަކަށް ވެސް ވާން ޖެހޭނެ އެވެ. ކަމަށް އުސޫލުގައި ވެއެވެ.