ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންފި އެވެ.
އެ މަނިކުފާނަށް އެ ސިޓީން މަރުހަބާ ކިޔަން ސަޕޯޓަރުންތަކެއް އެއާޕޯޓަށް ޖަމާވެފައި އޮތެވެ. ރައީސް ފުވައްމުލަކަށް ވަޑައިގެންނެވި އިއްޔެ އަައްޑު އަށް ވަޑައިގަތުމަށް ފަހު އެވެ.
އެ މަނިކުފާނުގެ ފުވައްމުލަކު ދަތުރުގައި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ރައްޔިތުންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ.
ފުވައްމުލަކު ދަތުރަށް ފަހު ރައީސް މާދަމާގެ ވަގުތެއްގައި ހުވަދު އަތޮޅަށް ވަޑައިގަންނަވާނެ އެވެ.