ބ. ހިތާދޫ ޕޮލިސް ޕޯސްޓް ހުޅުވައިފި އެވެ.
އެތަން ހުޅުވަން ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު އާއި ހިތާދޫ ކައުންސިލު ރައީސް އަބްދުލްއަޒީޒް މުހައްމަދެވެ.
ސީޕީ ވިދާޅުވީ ފުލުހުން ރެ އާއި ދުވާލު އެއްވެސް ވަރުބަލި ކަމެއްނެތި ކުރާ މަސައްކަތުގެ ބޭނުމަކީ ރާއްޖެ އަކީ އެންމެނަށް އަމާން ރައްކާތެރި ތަނަށްކަށް ހެދުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއި މާލުން ފުލުހުން ގުރުބާންވަމުން އަންނަނީ ކޮންމެ ރައްޔިތަކަށް ވެސް ހިތްހަމަ ޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށް ދިނުމަށް ކަމަށް ވިދާޅުވި އެވެ.
އިއްޔެ ނ. އަތޮޅުގެ ދެ ރަށެއްގެ ޕޮލިސް ޕޯސްޓް ހުޅުވާފައިވެ އެވެ.
ފުލުހުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.