އައިޑޫ ކާޑު ހައްދާ ހައްދާ މީހުން ބަދަލުގައި ސިޓީއެއް ހުށަހެޅުމުން ކާޑް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ޑީއެންއާރް) އިން ބުނެފި އެވެ.
އެތަނުން ބުނީ މި އުސޫލަށް އަމަލު ކުރަން ފަށާނީ މި މަހުގެ 25 އިން ފެށިގެން ކަމަށެވެ. ޑީއެންއާރް އިން ބުނީ ސިޓީ އަށް ރިއާޔަތްކޮށް ކާޑު ދޫކުރުމަށް ފަހުވެ ކާޑާ ހަވާލުވި ފަރާތުން ވެރިފަރާތަށް ކާޑު ނުލިބިގެން ޝަކުވާއެއް ހުށަހަޅައިފި ނަމަ އެ މައްސަލަ ތަޙްޤީގުކުރުމަށް ޕޮލިހަށް ހުށަހަޅާނެ ކަމށެވެ.
މިހާރަށް ވުރެ ފަސޭހަކޮށް އައިޑީ ކާޑު ދޫކުރާ އުސޫލަށް ބަދަލު ގެންނަން ނިންމީ ވީހާވެސް ލުއި ފަސޭހަކޮށް ކާޑު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުންނެވެ.