އޮސްޓްރޭލިއާ އިން ދޭ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިއީ އަންނަ އަހަރު ކިޔަވަންދޭ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕް ކަމަށެވެ. މިއަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ އެޕްރީލް މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކަށް ދެކޮޅު ޓިކެޓާއި އެސްޓެބްލިޝްމަންޓް އެލަވަންސާއި ސްޓައިޕެންޑާއި ޓިއުޝަން ފީ އާއި ލިވިން އެލަވަންސާއި ހެލްތު އިންޝޫރެންސް ލިބޭނެ އެވެ.
މި ސްކޮލަޝިޕްތަކުގައި އިފެކްޓިވް އެންޑް އެކައުންޓަބަލް ސްޓޭޓާއި ރެސީލިއަންޓް ކޮމިއުނިޓީ ސްޓޭޓް ދާއިރާ އިން މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.