ގާނޫނީ ވަކީލުކަމުގެ ހުއްދަ އިތުރު 30 މީހަކަށް ދީފި އެވެ.
ބާ ކައުންސިލުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަކީލުކަމުގެ ހުއްދަ ލިބުނު މީހުންނަށް ހުވާ ލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ގާނޫނ ވަކީލުގެ ހުއްދަ ހަވާލުކޮށް ދެއްވީ ބާ ކައުންސިލްގެ ނައިބު ރައީސް މިޒުނާ އަހުމަދު އެވެ.
އެ ރަސްމިއްޔާތުގައި މިޒުނާ ވިދާޅުވީ ވަނީ ވަކީލުންނަކީ މަސައްކަތަށް ފަރުވާތެރި، ރަނގަޅު ސުލޫކާ އަހުލާގެއްގެ ބަޔަކަށްވެ، އެހެން މީހުންނަށް ނަމޫނާއަކަށް ވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވަކީލުންގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ހުނަރާއި ފަންނު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަށް ވެސް ނަސޭހަތްތެރިވެވަޑައިގަތެވެ.
ބާ ކައުންސިލުން ހުއްދަ ދީފައިވާ 700 އަށް ވުރެ ގިނަ ވަކީލުން މިހާރު އެބަ ތިއްބެވެ.
ރޭ ހުވާކުރެއްވި ވަކީލުންނަކީ މި އަހަރު ހުވާކުރެއްވި ފުރަތަމަ ބެޗެވެ.