ގއ. ކޮނޑޭގައި މިއަދު ޕޮލިސް ޕޯސްޓެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ. އެ ރަސްމިއްޔާތުގައި ފުލުހުންގެ އިސް ބައެއް ވެރިންނާއި ކޮނޑޭ ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ރަށުގެ އެކިއެކި އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވި އެވެ.
ސީޕީ ވިދާޅުވީ ކޮނޑޭ ޕޮލިސް ޕޯސްޓް ހުޅުވިގެން ދިއުމާ އެކީ ރައްޔިތުންނާ ވަރަށް ގާތުން ދެން ފުލުހުންގެ ހިދުމަތް ލިބޭނެ ކަމަށާއި މިއީ ރަށުގެ އަމާންކަމާއި ރައްކާތެރި ކަމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.
މި ހަފުތާގެ ތެރޭގައި އެކި ރަށްރަށުގައި ޕޮލިސް ޕޯސްޓްތައް ހުޅުވާފައިވެ އެވެެ. ފުލުހުންގެ އަމާޒަކީ ފުލުހުންގެ ހިދުމަތް މުޅި ރާއްޖެ އަަށް ފުޅާކުރުމެވެ.