Last Updated: October 18, 10:07
Friday, October 18, 2024
ޚަބަރު

މުޅި އައްޑޫ އިން ކަރަންޓް ކެނޑިއްޖެ

އައްޑޫ ކަނު އަނދިރީގައި - ފޮޓޯ: އައްޑޫލައިވް

މުޅި އައްޑޫ ސިޓީން ކަރަންޓް ކެނޑިއްޖެ އެވެ.

އައްޑޫ އިން ކަރަންޓް ކެނޑިފައިވަނީ މިރޭ 7:15 ހާއިރު އެވެ.

ފެނަކަ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލުކޮށް ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ކަރަންޓު ދިނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ފެނަކަ އިން ވަނީ މައާފަށް އެދިފަ އެވެ.