ވައްކަން ކުރަން ވަދެ އުޅެނިކޮށް ފަޅާއެރުމުން ފިލަން އުޅުނު މީހަކު މާލޭގެ ފަސް ބުރީގެ އިމާރާތަކުން ވެއްޓިގެން ފަރުވާ ދޭން ފަށައިފި އެވެ.
އުމުރުން 32 އަހަރުގެ ޒުވާނާ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އިމަޖެންސީގަ އެވެ. އެނގިފައިވާ ގޮތުގައި އޭނަ ފަސް ވަނަ ބުރިން ވެއްޓުނީ ފިލަން އުޅެނިކޮށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ގޯޅިގަނޑެއްގެ ތެރެއަށް މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:30 އެހާކަށްހާ އިރު ކަމަށެވެ.
މާލޭގެ ނުވަ އިމާރާތެއްގެ ސިޑިގޮޅި އަށް މި މަހުގެ 13 ވަނަ ދުވަހު ބިދޭސީ އަކު ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވެ އެވެ. އެ މީހާ އަކީ އޭސީއެއްގެ މަސައްކަތް ކުރަން އުޅުނު މީހެކެވެ.