އައްޑޫ ޕަބްލިކް ވޯކްސް ޔުނިޓްގެ ވެހިކަލްތަކަށް ބޭނުންވާ ޑީސަލް އަހަރު ދުވަހަށް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީވާނީ އެ ކުންފުންޏެއްގެ ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލަށް tender@adducity.gov.mv ފޮނުވައިގެންނެވެ.
ބީލަން ހުށަހެޅުމާއި ހުޅުވަން އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ.