ހައި ކޯޓުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، އީ-ހައިކޯޓަށް ބަދަލުކުރެއްވުމުގެ ތަސައްވަރު ގެންގުޅުއްވާ ކަމަށް އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވެއްޖެ އެވެ.
ހައި ކޯޓްގެ ރަސްމިއްޔާތެއްގައި އޭނަ ޝަހީދު ވިދާޅުވީ، އެ ކޯޓުގެ މަސައްކަތްތަށް ކަރުދާހުގައި ކުރުން ދޫކޮށްލައި ޒަމާނާ އެއްގޮތަށް ހައިކޯޓުގެ މަސައްކަތްތަށް ޑިޖިޓަލް ކުރަން ޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ މަސައްކަތްތައް އީ-ހައިކޯޓެއްގެ ގޮތުގައި ފުރާފުރިހަމަވެ، ޢަދުލު އިންސާފު ޤާއިމު ކުރުމަށް މިކުރާ މަސައްކަތް އަވަސްވެގެން ދިއުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އުންމީދު!
— Shaheedh (@JusticeShaheedh) February 27, 2024
އެގޮތުން މިހާރު އެންމެ ބޮޑު އުންމީދަކީ ހައި ކޯޓުގެ މަސައްކަތްތައް އީ-ހައިކޯޓެއްގެ ގޮތުގައި ފުރާފުރިހަމަވެ، އަދުލު އިންސާފު ގާއިމު ކުރުމަށް ކުރާ މަސައްކަތް އަވަސްވެގެން ދިއުން ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
ހައި ކޯޓްގެ އިސް ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.