Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

ކުއްޖަކަށް ގެއްލުން ދިން އަންހެނަކު ހޯދަނީ

ކުޑަކުއްޖަކަށް އިހުމާލުވި މައްސަލައެއްގެ ދައުވާއަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަނީ މާލޭގެ މ. ތަރިވިލާގޭ، ފާޠިމަތު އަހުމަދު، 37، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ދައުލަތުން ދައުވާކުރާ، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ޒިންމާ އޮތް މީހަކަށްވެ ހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްތުގައި ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ މަހުގެ ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ ފާތިމަތާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރަން ފުލުހުން އެދިފައިވެ އެވެ.