ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު އިމިގްރޭޝަންގެ ހިދުމަތްތައް ދޭނެ ގަޑިތައް އިއުލާންކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދި 24 ގަޑިއިރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ޕާސްޕޯޓު ޚިދުމަތަށް އެހީ ބޭނުންވާ ފަރާތްތަކުގެ ފޯމް ހެނދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށް ބަލައިގަންނާނެ ކަމަށެވެ.
ޕާސްޕޯޓު ދޫކުރަން މާލެއިން ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށާއި ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފަ އިވަނީ ހެނދުނު 9:05 އިން މެންދުރު 12:00 އާ ހަމައަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މީގެއިތުރުން، އިމިގްރޭޝަނުން ބުނީ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ވިސާއާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭނީ ކަނޑައަޅާފައިވާ ވަކި ގަޑިތަކެއްގައި ކަމަށެވެ.
* އިމުގާ އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުން – ހެނދުނު 9:00 އިން ހަވީރު 5:00 އަށް
* އެޕޮއިންޓްމަންޓު އުސޫލުން ވާކްވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުން – ހެނދުނު 9:00 އިން 10:45 އަށް
* އެޕޮއިންޓްމަންޓު އުސޫލުން ވާކްވިސާއަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓު ދޫކުރުން – ހެނދުނު 11:00 އިން މެންދުރު 12:30 އަށް
* އެޕޮއިންޓްމަންޓު އުސޫލުން ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދި ޕާސްޕޯޓު ބަލައިގަނެ، ވިސާ ޖަހައިދިނުން – ހެނދުނު 9:05 އިން މެންދުރު 12:00 އަށް
* ވޯކްވިސާ ޚިދުމަތާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވުމަށް (ގުޅުއްވާނީ 9199153) – ހެނދުނު 9:05 އިން މެންދުރު 13:00 އަށް
ވިސާގެ ޚިދުމަތާއި ގުޅޭ އެހެނިހެން މައުލޫމާތު ސާފުކުރުމަށް (ގުޅާނީ 9199157) – ހެނދުނު 9:05 އިން މެންދުރު 1 1:00 އަށް
މީގެ އިތުރުން، ވޮލަންޓަރީ ޑިޕާޗާ ޓޯކަން ދޫކުރުމާއި އިންޓަވިއު ކުރުމާއި ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ އިތުރުން ކްލިއަރެންސް ޑީޕާޗާ ފޯމާއި މެޑިކަލް އަންފިޓް އެޕްލިކޭޝަން ބަލައިގަންނާނީ ހެނދުނު 9:00 އިން 11:00 އަށެވެ. ކްލިއަރެސް ޑިޕާޗާ ފޯމާ މެޑިކަލް އަންފިޓް އެޕްލިކޭޝަން އެޕްރޫވްކޮށް އިޝޫ ކުރާނީ މެންދުރު 12:00 އިން 1:30 ގެ ނިޔަލަށެވެ.
ރޯދަ މަހާއި ހަ ދުވަސް ރޯދައިގެ ތެރޭގައި ސަރުކާރުގެ ރަސްމީ ގަޑި އަކީ ހެނދުނު 9:00 އިން މެންދުރު 1:00 އެވެ. އަދި ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާމެ އެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 11 އެވެ.