Last Updated: November 22, 05:51
Friday, November 22, 2024
ޚަބަރު

ހިތަދޫގެ ފަޤީރު އައިލާތަކަށް ނޫރުލް އިސްލާމްގެ އެހީ

ނޫރުލް އިސްލާމް ޖަމީއްޔާއިން ބަލިމީހުންނަށް ރޯދަ ވީއްލުން ދިނުމަށް މީގެ ކުރިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން / ފޮޓޯ: ނޫރުލް އިސްލާމް

މި ރޯދަމަހާއި ދިމާކޮށް ކަބޯތަކެތީގެ އެހީތެރިކަން ބޭނުންވާ އައްޑޫސިޓީ ހިތަދޫގެ އައިލާތަކަށް އެހީވަން ހާއްސަ ޕްރޮގްރާމެއް ނޫރުލް އިސްލާމް ޖަމީއްޔާއިން ފަށައިފިއެވެ.

އެ ޖަމީއްޔާއިން ބުނި ގޮތުގައި، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ދޭ އެހީގެ ޕެކޭޖު ތެރޭގައި މުޅި ރޯދަމަހަށް އެއާއިލާއަށް ބޭނުންވާނެ އެންމެ ޒަރޫރީ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ ކަމަށެވެ. އެގޮތުން މިއިން ކޮންމެ ޕެކޭޖަކީ 1500ރ. ގެ އަގުހުރި ޕެކޭޖެއް ކަމަށް އެ ޖަމީއްޔާއިން ފާހަގަ ކުރެއެވެ. އެހީގެ ޕެކޭޖުތެރޭގައި ހަނޑޫ ހަކުރު ފުށް ބިސް އަދި ތަރުކާރީގެ ބާވަތްތައް ހިމެނޭނެ ކަމަށެވެ.

ނޫރުލް އިސްލާމް އެހީ ޕެކޭޖްގައި ހިމެނޭ ތަކެތި —

ނޫރުލް އިސްލާމް ޖަމީއްޔާއިން ވަނީ މި ޕޭކޭޖްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ޖަމީއްޔާގެ އިސްލާމިކް ބޭންކް އެކައުންޓު ނަމްބަރުވެސް އާންމުކޮށްފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އެކައުންޓް: Maldives Islamic Bank
މޯލްޑިވްސް އިސްލާމިކް ބޭންކް އެކައުންޓު ނަމްބަރު: 99020155500032100

ވައިބަރ: 9948762

ނޫރުލް އިސްލާމް ޖަމީއްޔާއިން މައުލޫމާތު ދިން ގޮތުގައި ހިތަދޫ އަވަށުގެ އައިލާތަކުގެ ތެރެއިން އެހީވާ އާއިލާތައް ހޮވަނީ ލިބިފައިވާ މައުލޫމާތަށް ބަަލައި އެ ޖަމީއްޔާއިން އެސެސްމެންޓް ހެދުމަށް ފަހު ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ރޯދަ މަސް ފެށުމުގެ ކުރިން އޮންނާނެ ކަމަށެވެ. އަދި އިތުރަށް ވެސް އެހީވާން ބޭނުން ފަރާތްތަކަށް އެޖަމީއްޔާއިން ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ ޖަމީއްޔާއިން ފާހަގަ ކުރެއެވެ.