ރޯދައާ ދިމާކޮށް އައްޑޫ ފޭދޫގައި ރޭ ފެށި ނައިޓް މާކެޓަށް ރޭ ވެސް ގިނަ ބަޔަކު ޒިޔާރަތްކޮށްފި އެވެ.
ފޭދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން މި މަހުގެ 5 ވަނަ ދުވަހުގެ ރެއާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ ނައިޓް މާކެޓް މާކެޓް ކުރިއަށް ދަނީ އެ އަވަށުގެ ބަނދަރުމަތީގަ
އެވެ. ނައިޓް މާކެޓްގައި 20 ވިޔަފާރިއަކުން ބައިވެރިވެ، ސްޓޯލްތައް ބަހައްޓާފައިވެ އެވެ. އެގޮތުން އާންމު ދިރިއުޅުމަށް ބޭނުންވާނެ ތަފާތު އެކި ކަހަލަ ތަކެތި ހެޔޮ އަގެއްގައި އަންނަނީ ވިއްކަމުންނެވެ.
ފޭދޫ އަވަށު އޮފީހުން ބުނީ ނައިޓް މާކެޓްގެ ފުރަތަމަ ރެއަށް ވެސް ގިނަ ބަޔަކު ޒިޔާރަތްކޮށް ވިޔަފާރިކޮށްފައިވާ އިރު، ފުރަތަމަ ރޭގެ ވިޔަފާރި ވެސް ރަށް ރަނގަޅު ކަމަށެވެ.
ރޯދައާ ދިމާކޮށް ފޭދޫގައި ނައިޓް މާކެޓެއް ފެށި އިރު ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ރޯދައާ ހަމައަށް ފޭދޫގައި ލޯކަލް މާރުކޭޓެއް ބާއްވަން ވެސް އަވަށު އޮފީހުން ވަނީ ނިންމައިފަ އެވެ. މިއީ އެއްތާކުން ފަސޭހަކަމާ އެކީ ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އިތުރުން މަހުގެ ބާވަތްތައް ވިއްކަން ހާއްސަ މާރުކޭޓެއް ކަމަށް ފޭދޫ އަވަށު އޮފީހުން ބުންޏެވެ.