ޒުވާނުންނަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން ބާއްވަން ނިންމީ "ޔޫތު "ހެކަތޯމް" މިއަދު ފަށައިފި އެވެ.
މިއަދު ހެނދުނު މާލޭގެ ސޯޝަލް ސެންޓަރުގައި މ ހަރާކަތް ފައްޓަވައި ދެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު އަސްވާށް) އާއި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ އަލީ އިހުސާނެވެ.
އަސްވާޑު ވިދާޅުވީ މި ހެކަތޯނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިކަމުން ދައްކުވައި ދެނީ ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް ކުޅަދާނަ އަދި ފަންނީ ކުދިން ތިބިކަން ކަމަށާއި ހެކަތޯންގެ ސަބަބުން ކުރިޔަށް އޮތްތަ ނުގައި އެ ޒުވާނުންނަށް އެކިއެކި ދާއިރާތަކުން ރަނގަޅު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށެވެ.
"ޔޫތު ހެކަތޯން" ހާއްސަކޮށްފައި ވަނީ 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ހެކަތޯނުން އެއްވަނަ އަށް ދާ ފަރާތަކަށް 100،000ރ. ގެ އިނާމެއް ހުށަހަޅާފައިވެ އެެވެ. ހެކަތޯންގެ މައި ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.