Last Updated: November 22, 05:51
Friday, November 22, 2024
ޚަބަރު

އެމްއޭސީއެލްގެ މުވައްޒަފުންނަށް ރޯދަ އަށް 5،000ރ.

އެމްއޭސީއެލް މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު / ފޮޓޯ: އެމްއޭސީއެލް

މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައިވެސް 3000ރ. އަދި 2000ރ. ހަދިޔާގެ ގޮތުގައި މިއަހަރުވެސް ދޭން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައެވެ. އެގޮތުން މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުނީ، ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް ދޭން ޖެހޭ 3000ރ. މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މުސްލިމް ހުރިހާ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ކުންފުނީގެ މަސައްކަތުގެ ބާވަތުން ރޯދަ މަހު މުވައްޒަފުން ކުންފުނީގެ މަސައްކަތައް ދޭ އަހަމީއްޔަތުކަން ފާހަގަކޮށް ހަދިޔާއެއްގެ ގޮތުގައި އިތުރު 2000ރ. ދިނުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި އެ ފައިސާވެސް ރޯދަ އިނާޔަތާއި އެކު ކުންފުނީގެ މުސްލިމް މުވައްޒަފުން އެކައުންޓަށް ޖަމާއު ކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 14،000ރ. ދޭން ނިންމި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. ނަމަވެސް މި ސާކިއުލާގައިވާ ގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް ރޯދަ އިނާޔަތުގެ 3000ރ. އަދި އިތުރު 2000ރ. ހަދިޔާ ގޮތުގައި ދޭން ވަނީ ނިންމާފައިކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.