މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "ބިޒްނަސް ބޭންކިން" ގެ ނަމުގައި އާ ގޮތްޕެއް ހުޅުވައިފި އެވެ.
އެ ބޭނކްކުން ބުނީ ބިޒްނަސް ބޭންކިންގެ ބައެއް ހިދުމަތްތައް 24 ގަޑިއިރު ދިނުމަށް ހާއްސަ ލޮބީއެއް އެ ބޭންކުން ގާއިމްކޮށްފައިވާ ކަމަށެވެ. އެ ލޮބީގައި ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ދެވޭނެ އެވެ. އަދި ލޮބީގައި ކޭޝް ޑިޕޮސިޓްކުރުމުގެ ހިދުމަތުގެ އިތުރުން ޕެޓީ ކޭޝް އަށް ހާއްސަ ކާޑެއް ވެސް ތައާރަފުކޮށްފައިވެ އެވެ.
އެމްއައިބީގެ "ބިޒްނެސް ބޭންކިން" ގޮފި އިފުތިތާހުކުރަން ބޭއްވި އެ ބޭންކިންގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވީ އާ ގޮފީގެ ސަބަބުން އެމްއައިބީން ދޭ ބޭންކިންގެ ހިދުމަތްތައް ފުޅާވެ ހަރުދަނާވާނެ ކަމަށެވެ. އަދި ބިޒްނަސް ބޭންކިން އަކީ މި ދާއިރާއިން ކުރިއެރުމަށް އެމްއައިބީން ކުރަމުން އަންނަ މަސައްކަތައް ފުރިހަމަކަމެއް ގެނެސްދޭނެ ގޮތްޕެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަލަށް ތައާރަފުކުރި "ބިޒްނަސް ބޭންކިން" ގެ ސާވިސް ޑެސްކުގެ ހިދުމަތް އާންމު ދުވަސްތަކުގައި ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ހަވީރު 16:00 އަށެވެ. ހަމަޔަށެވެ. އަދި ރޯދަ މަހު ހެނދުނު 9:30 އިން 15:00 އަށް ހިދުމަތް ދޭން ނިންމާފައިވާ އިރު، ރޯދަ މަހުގެ ފަހު 10 ގައި ހިދުމަތް ދޭނީ ހެނދުނު ވަނީ 11:00 އިން 2:00 އަށެވެ.