Last Updated: November 28, 13:13
Thursday, November 28, 2024
ޚަބަރު

މާއްޑު އަކީ މިހާރު އޭދަފުށީގެ ބައެއް

ބ. އޭދަފުށީގެ ބައެއްގެ ގޮތުގައި އެ ރަށާ ކައިރީގައި އޮންނަ މާއްޑޫ ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެކަން އިއުލާންކުރެއްވީ ރޭ އޭދަފުށީ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ރަށް ބިމުގެ ދަތިކަން ކުރިމަތިވެފައި އޮތް އިރު، އިތުރަށް ބިން ހިއްކަން ނެތް ކަމަށެވެ. އެހެންވެ އޭގެ ހައްލަކީ އިތުރު ރަށެއް ކަމަށްވާތީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާފައިވާކަމަށް ރައީސް ވިދާޅު ވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެކަމާ ގުޅޭ ލިޔެކިޔުންތައް މި ހަފުތާގައި ކައުންސިލާ ހަވާލު ވެސް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގައި އަޅަން ނިންމާފައިވާ 40،000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން އޭދަފުއްޓަކީ އިސްކަން ވެސް ދޭނެ ރަށެކެވެ.