ޕީއެސްޖީގެ މެޗެއް ބަލާލަން ފްރާންސްގެ ޕެރިހަށް ދާން ފުރުސަތު ލިބޭ ގޮތެއް އުރީދޫން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
އެ ނަސީބުވެރިޔަކީ އުރީދޫގެ ސުޕަނެޓް ކަސްޓަމަރު އަރުޝަދު އަބްދުލް ހަކީމެވެ.
އޭނަ އަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ދެ ރެ އާއި ތިން ދުވަހަށް ފުލްބޯޑާ އެކު އެކޮމޮޑޭޝަންގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން އަންނަ މަހުގެ 21 އޮންނަ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.
އުރީދޫގެ މި ޕްރޮމޯޝަނަކީ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ޕީއެސްޖީއާ ގުޅިގެން ގެންދިޔަ ޕްރޮމޯޝަނެކެވެ.
ޕީއެސްޖީ އަކީ އުރީދޫ ގްރޫޕުގެ ޕްރިމިއަމް ޕާޓްނަރެކެވެ. އަދި ކުލަބަކީ އެ ކުންފުނީ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއް ވެސް މެ އެވެ.