Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ހާޒިރުވީ 11 މެންބަރުން، ޖަލްސާ ނުފެށުނު

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުން ނުފެށި ލަސްވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ތާވަލުކޮށްފައިއޮތީ ހެނދުނު 09:00 އަށެވެ.

ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މަޖިލީހަށް ހާޒިރުވެ ތިއްބެވީ 11 މެންބަރުން ކަމަށެވެ. އެހެންކަމުން 09:30 ގައި ޖަލްސާ ކުރިއަށް ގެންދިއުމަށް އަނެއްކާވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ބިލާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ފުރަތަމަ ކިޔުން ހިމެނެއެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރުމަށް ގޮވާލާ ހުޅާހަޅާފައިވާ ގަރާރުގެ ބަހުސްވެސް އެޖެންޑާ ކޮށްފައިވެއެވެ.