މިދިޔަ މަހުގެ ފަހުކޮޅު މ. މުލަކު ހޭޅިފަށުން ރާފުޅިތަކެއް ފެނުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަނިކޮށް އަނެއްކާ ވެސް ރަލާއި ޑްރަގްސްއާ އެކީ އެ ރަށިުން ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ހިފައިގެން ފަޅުރަށަކަށް ދާން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންނެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، ދަތުރުކުރި ލޯންޗާއި ގެންގުޅުނު ތަކެތި އަދި އެ މީހުންގެ ހަށިގަނޑު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 35 ފުޅި ރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22-33 އަހަރާ ދެމެދުގެ މީހުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ބައެއް މީހުން ދޫކޮށްލައި އަދި ބައެއް މީހުން 3-5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 29 ގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި މުލީ ހޭޅިފަށުން ފުނީ 20 ފުޅި ރަލެވެ. އެކަމަކު އެކަމާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.