Last Updated: April 28, 11:45
Sunday, April 28, 2024
ޚަބަރު

ޗައިނާ އިން ހިލޭ އަސްކަރީ އާލާތްތައް ފޯރުކޮށް ދޭނެ

ޗައިނާއާ އެކީ ސަރުކާރުންވެފައިވާ އެއްބަސްވުންތަކެއްގެ ތެރެއިން ރާއްޖެ އަށް ހިލޭ އަސްކަރީ އާލާތްތައް ފޯރުުކޮށް ދިނުމާއި އަސްކަރީ ތަމްރީނުތައް ވެސް ފޯރުކޮށް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ ދ. މީދޫގައި ރައީސް ވިދާޅުވީ ހިލޭ އެހީގެ ދަށުން އެ ގައުމުން ދިވެހި ސިފައިން ތަމްރީންކޮށް ދީ، "ނޮން ލީތަލް" އެކި ކަހަލަ އަސްކަރީ އާލާތްތައް ދިވެހި އަސްކަރިއްޔާ އަށް އެ ފޯރުކޮށް ދޭނެ ކަމަށެވެ.

"އެހެންވީމާ މީގެ ސަބަބުން އިރާދަކުރެއްވިޔާމުން ދިފާއި ބާރަށް އިތުރު ތަމްރީންތަކަށް ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެން ދާނެ. އޭރުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދިފާއީ ބާރު އިތުރަށް ވަރުގަދަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ. "މި މަސައްކަތް ވެސް ކުރެވިގެން މި ދަނީ އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމައްޓަކައި."

ރައީސް ވިދާޅުވީ ޗައިނާއާ އެކީ ވި އެ އެއްބަސްވުމުން އަމިއްލަވަންތަކަމާއި މިނިވަންކަން ވަރުގަދަވެގެންދާނެ ކަމަށެވެ.