Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ބަހާ ބެހޭ މިނިސްޓްރީ އަށް އާރްއޯއެލްގެ ފަންނީ އެހީ

ދިވެހި ބަހާ ބެހޭ މިނިސްޓްރީ އާއި ރާއްޖެ އޮންލައިން (އާރްއޯއެލް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އާރްއޯއެލްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީސީއޯ މުހައްމަދު ޖިނާހް އިބްރާހީމެވެ.

މި އެއްބަސްވުމަކީ ދިވެހި ބަހާ ބެހޭ މިނިސްޓްރީގެ މުވާސަލާތީ ކަންކަން ހަރުދަނާކޮށް، އެތަނުން ކުރިއަށްގެންދާ ހަރަކާތްތަކާއި ރަސްމިއްޔާތުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން، އެކި މަޝްރޫއުތަކަށް ކޮންސަލްޓެންސީ ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން ވެވުނު އެއްބަސްވުމެކެވެ.

އެގޮތުން މީގެ ދަށުން ކުރިއަށް ގެންދާނެ ކަންކަމުގެ ތެރޭގައި ދިވެހިބަސް ދިރުވައި އާލާކުރުމަށާއި ދިވެހި ސަގާފަތާއި ތަރިކައާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމާއި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިންގާ މަޝްރޫއުތަކަށް މުވާސަލާތީ ހިދުމަތާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މިނިސްޓްރީގެ މުވާސަލާތީ ކަންކަން ހަރުދަނާކުރުމަށް އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި މައްސަލަތައް ރަނގަޅުކުރުމަށް ކޮންސަލްޓަންސީގެ ހިދުމަތް ފޯރުކޮށްދިނުމާއި ކުޑަކުދީންނާއި ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަންހެނުންނަށް އަމާޒުކޮށް އެފަރާތްތަކަށް ފުރުސްތުތައް ފަހިވާނެ ގޮތަށް ހާއްސަ މަސައްކަތްތައް ކުރުން ހިމެނެ އެވެ.