Last Updated: April 28, 14:17
Sunday, April 28, 2024
ޚަބަރު

ރައީސް މުއިއްޒު މ. އަތޮޅަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. މީދުއަށް ވަޑައިގަތުން- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މެެދުރާއްޖެތެރޭގެ ތިން އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް މުއިއްޒު ދ. މ. އަދި ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މ. ނާލާފުށި އަދި މ. މުލަކަށް ވަޑައިގެންފައެވެ. މިއަދު ރައީސް މުއިއްޒު މ. އަތޮޅުގެ އެކި ރަށްތަކަށް ދަތުރު ކުރައްވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މުއިއްޒު އިއްޔަ ވަނީ ދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫއުތައް ތަރުތީބު ކުރާނޭގޮތާއިމެދު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައިސް އޮފީހުން ބުނެފައިވަނީ ރައީސް މުއިއްޒު މިހާތަނަށް 121 ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.