Last Updated: April 27, 20:44
Saturday, April 27, 2024
ޚަބަރު

ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފި

ކުރިއަށް އޮތް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ފެމިލީ ކޯޓުން އާންމުކޮށްފި އެވެ.

އެ ކޯޓުން ބުނީ ރޯދަ މަހު ކޯޓުގައި ކައިވެނިކޮށް ދޭނީ ރަސްމީ ދުވަސްތަކުގައި 9:30 އިން 12:30 އަދި ރޭގަނޑު 9:30 އިން 11:30 އަށް ކަމަށެވެ. ކޯޓުން ބޭރުގައި ކައިވެނިކޮށް ދޭނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 11:30 އަށެވެ.

ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކޯޓުގައި ކައިވެނިކޮށްދޭ ނީ ރަސްމީ ދުވަސްތަކުގައި 9:30 އިން 12:30 އަށް، 4:00 އިން 5:30 އަށް އަދި ރޭގަނޑު 7:30 އިން 9:30 އަށެވެ. ކޯޓުން ބޭރުގައި ކައިވެނިކޮށް ދޭނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 5:30 އަށް އަދި ރޭގަނޑު 7:30 އިން 9:30 އަށެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 11 އެވެ.