Last Updated: April 28, 11:56
Sunday, April 28, 2024
މުނިފޫހިފިލުވުން

އާލިއާގެ ސްޕައި ޔުނިވާސްގެ ޝޫޓިން އަހަރުގެ ފަހުކޮޅަށް

އިންޑިއާގެ ބަތަލާ އާލިއާ ބަޓްގެ ސްޕައި ޔުނިވާސްގެ ފިލްމުގެ ޝޫޓިން މި އަހަރު ފަހުކޮޅު ފަށާނެކަން އެ ފިލްމު އުފައްދާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ކަށަވަރުކޮށް ދީފި އެވެ.

ފުރަތަމަ ފަހަރަށް އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ސްޓޫޑިއޯގެ ވެރިއަކު ވާހަކަ ދެއްކީ މިހާރު މުމްބާއީގައި ކުރިއަށްދާ އެފްއައިސީސީ ފްރޭމްސްގައި އިއްޔެ އެވެ. އެ އިވެންޓްގައި ވައިއާރްއެފްގެ ސްޕައިސް ޔުނިވާސް އަށް ނިސްބަތްވާ ފިލްމެއް އާލިއާ ކުޅޭކަން ކަށަވަރުކޮށް ދެއްވަމުން ސްޓޫޑިއޯގެ ސީއީއޯ އަކްޝޭ ވިދާނީ ވިދާޅުވީ އަދި ރަސްމީކޮށް އިއުލާން ނުކުރާ ފިލްމުގެ މަސައްކަތް ޕްލޭންކޮށްފައިވާ ގޮތަށް ބަލާ އިރު، މި އަހަރުގެ ފަހުކޮޅުގެ އޭގެ ޝޫޓިން ފަށާނެ ކަމަށެވެ.

"މި ވާހަކަ ވަރަށް ބޮޑަށް ސިއްރުކޮށްގެން ތިބުމަށް ފަހު މި ވަގުތަށް ބުނެވެން އޮތް މިންވަރަކީ މިއީ،" އޭނަ ވިދާޅުވި އެވެ. "ޔަގީނުން ވެސް އާލިއާގެ މި ފިލްމަކީ ވައިއާރްއެފް ސްޕައި ޔުނިވާސް އަށް އިތުރުވާ ވަރަށް ވަރުގަދަ ބޮޅަކަށް ވާނެ."

މި ފިލްމު ވާނީ އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން ވައިއާރްއެފަށް ކުޅޭ ފުރަތަމަ ފިލްމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މީގެ ޑައިރެކްޓަރަކީ ދާދި ފަހުން އެ ސްޓޫޑިއޯ އިން ގެނެސްދިން ވެބް ސީރީޒް ދަ ރެއިލްވޭމެން" ގެ ޑައިރެކްޓަރު ޝިވް ރަވައިލް އެވެ. އަދި އާލިއާއާ އެކީ ފިލްމުގެ ކާސްޓްގައި ބަތަލާ ޝަރްވާރީ ވާގް ވެސް ހިމެނޭނެ އެވެ.

 

View this post on Instagram

 

A post shared by Sharvari 🐯 (@sharvari)

ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމުތަކީ ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗަޒާއި ރިތިކް ރޯޝަންގެ "ވޯ" ގެ އިތުރުން ޝާހްރުކް ޚާންގެ "ޕަތާން" އެވެ. މިހާރު އަންނަނީ "ވޯ 2" ގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނު އާލިއާގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ވަސަން ބާލާގެ "ޖިގްރާ" އެވެ. މީގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ.