Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ޕީޖީ އޮފީހުގެ އާކައިވް ފުވައްމުލަކަށް ބަދަލުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ރައްކާކޮށްގފައި ހުރި ހުރިހާ ކުށުގެ ރެކޯޑްތަކާއި މުހިންމު މައުލޫމާތު ހިމެނޭ އެ އޮފީހުގެ އާކައިވް ފުވައްމުލަަކަށް ބަދަލުކޮށް، ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ފުވައްމުލަކުގައި ހުންނަ ޕީޖީ އޮފީހުގެ ގޮފީގައި ގާއިމުކުރި އާކައިވް ހުޅުވައި އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ. އެ ރަސްމިއްޔާތުގައި ޕީޖީ ހުސައިން ޝަމީމު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ ޕީޖީ އޮފީހުގައި އާކައިވް މާލެއިން ބޭރުގައި ގާއިމުކުރި ފުރަތަމަ ފަހަރެވެ.

ޝަމީމް ވިދާޅުވީ، އާކައިވް ފުވައްމުލަކަށް ބަދަލު ކުރުމަކީ ޕީޖީ އޮފީހުގެ މަސައްކަތްތައް ލާމަރުކަޒީކޮށް، ހިންގުމުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށާއި އެ ބަދަލާ އެކު ވަޒީފާގެ އިތުރު ފުރުސަތުތަކެއް ވެސް ފަހިވެފައިވާ ކަމަށެވެ. އޭނަ ވިދާޅުވީ އާކައިވް ފުވައްމުލަކަށް ބަދަލު ކުރެވުނީ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.