Last Updated: April 27, 20:01
Saturday, April 27, 2024
ޚަބަރު

އެމްޑީޕީގެ ރައީސް އައްޑު އަށް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އައްޑޫސީޓީއަށް ވަޑައިގެންފިއެވެ.

ޝާހިދު އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން އެމްޑީޕީން ފޯރިއާއެކު އެކި ރަށްރަށުގައި ކުރިއަށްގެންދާއިރު ޝާހިދު އައްޑޫއަށް ވަޑައިގެންފައިވަނީ ފުވައްމުލަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވުމަށްފަހުއެވެ.

ޝާހިދުގެ އިތުރުން އެމްޑީޕީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އަންނަނީ މަޖިލިސް ކެމްޕޭނަށް އެކި ރަށްރަށުގައި ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.