Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު

ޒުވާން ޚަތީބުންނަށް އާދީއްތަ ދުވަހު ހުއްދަ ދޫކުރަނީ

އިމާމުވެ ހުކުރު ކުރާނެ ޒުވާން ޚަތީބުން ތަމްރީނު ކުރަން ފެށި މަސައްކަތުގެ ތެރެއިން ފުރަތަމަ ބެޗަށް އަންނަ އާދީއްތަ ދުވަހު ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ޒުވާން ޚަޠީބުންގެ އިންޓަވިއު ނިމި، މާލެ ސަރަޙައްދުގައި ތިބި ފަރާތްތަކުގެ އަމަލީ ތަމްރީނު ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އެހެންވެ އެ ތަމްރީނު ހޮނިހިރު ދުވަހަށް ނިންމާލައި 10 ވަނަ ދުވަހު ޚަތީބުކަމުގެ ރަސްމީ ހުއްދަ ދޫކުރާނެ ކަމަށެވެ.

އަދި އެ ޙަތީބުން މި ރޯދަ މަހު އިމާމުވެ ހުކުރު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޒުވާން ޚަތީބުން ތަމްރީނު ނިންމައި އެ ޕްރޮގްރާމަށް ހުޅިވައިލުމުން ކުރިމަތިލި 160 ޒުވާނަކާ އިންޓަވިއުކޮށްފައިވެ އެވެ. މި ޕްރޮގްރާމް ހާއްސަކުރީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށެވެ.

ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި ޒުވާނުންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުގުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އިތުރުކުރުމެވެ.