Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ހިތަދޫކަައި ގެނބުނު އަންހެނަކަށް ފަރުވާ ދެނީ

ހިތަދޫ ޓްރެކް ސަރަހައްދު ފުލުހުންގެ ތަހުޤީޤައް ބަންދުކޮށްފައި(ނޮވެމްބަރ 2023) / ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދަށް ގެނބުނު އަންހެނަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މި އަންހެންމީހާ ސީދާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މައުލޫމާތު ލިބިފައިވާގޮތުގައި ގެންދިޔައިރު ހޭ ނެތެވެ. މިކަމާއި ގުޅޭގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އިން އައްޑޫލައިވްއަށް ވިދާޅުވީ މިއަދު އިރުއޮއްސި 18:36 އެހައިކަށްހާއިރު ހޮސްޕިޓަލަށް އަންހެން މީހާ ގެނެސްފައިވާ ކަމަށެވެ.

އުމުރުން 63 އަހަރުގެ އަންހެން މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާގެ ހޭ ނެތް ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އަދި މެދު ނުކެނޑި މިހާރުވެސް ފަރުވާ ދެމުންދާ ކަމަށް އޭއީއެޗްއިން ބުނިއެވެ.

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މިދިޔަ އަހަރު ނޮވެމްބަރު މަހުވެސް މީހަކު ވަނީ މަރުވެފައި އޮތްވައި ފެނިފައެވެ.