Last Updated: April 28, 20:07
Sunday, April 28, 2024
ޚަބަރު

ހިތަދޫން ގެނބުނު އަންހެން މީހާ މަރުވެއްޖެ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް.، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ހިތަދޫ ފަތާ ޓްރެކް ސަރަހައްދަށް ގެނބުނު އަންހެން މީހާ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

އެނާގެ މަރުވި ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ މިރޭ 20:18 ގައެވެ.

މިކަމާއި ގުޅޭގޮތުން މީގެ ކުރިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އިން އައްޑޫލައިވްއަށް ވިދާޅުވީ މިއަދު އިރުއޮއްސި 18:36 އެހައިކަށްހާއިރު ހޮސްޕިޓަލަށް އަންހެން މީހާ ގެނެސްފައިވާ ކަމަށެވެ. އުމުރުން 63 އަހަރުގެ އަންހެން މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާގެ ހޭ ނެތް ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން އޭރު މައުލޫމާތު ދިނެވެ.

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މިދިޔަ އަހަރު ނޮވެމްބަރު މަހުވެސް މީހަކު ވަނީ މަރުވެފައި އޮތްވައި ފެނިފައެވެ. އެއީ އުމުރުން 22އ. ފުލުހެކެވެ.