ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރާ މައިކްރޯ ފައިނޭންސް ސްކީމްގެ ދެވަނަ ބުރަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ކައުންސިލުން މިއަދު ބުނީ މި ސްކީމްގެ ދަށުން ފައިސާ ދޫކުރަން ހަމަޖެހިފައި ވަނީ 50،000ރ. އާ ހަމައަށް ކަމަށެވެ. އެހެންވެ ސްކީމަށް ކުރިމަތިލާން އަންނަ މަހުގެ 4 ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ލިންކް forms.gle/DHA4WXRHRcEKw6hP6 މެދުވެރިކޮށް ސްކީމަށް އެޕްލައި ކުރެވޭނެ އެވެ.
މައިކްރޯ ފައިނޭންސް ސްކީމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށް ދޭން ހަމަޖެހިފައި ވަނީ 14 ދާއިރާއަކުންނެވެ.
!. އަތްތެރި މަސައްކަތް
2. ބިއުޓީ އަދި މޭކަޕް ކުރުން
3. ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
4. ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
5. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
6. ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
7. ކުޅިވަރު އަދި ފިޓްނަސް
8. މަސްވެރިކަން
9. އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް
10. މެނުފެކްޗަރިން
11. ދަނޑުވެރިކަން
12. ވެލްޑިން އަދި ކާޕެންޓްރީގެ މަސައްކަތް
13. ފަތުރުވެރިކަން
14. އަމިއްލަ އުފެއްދުންތައް
ފުވައްމުލަކު ކައުންސިލުން ބުނީ މި ދާއިރާތަކަށް ހާއްސަކޮށްގެން ދޭ މާލީ އެހީ އަކީ އެ ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށް ދިނުމުގެ އިތުރަށް ރައްޔިޔތުންގެ މާލިއްޔަތު ހާލަތު ރަނގަޅު ކުރުމަށާއި، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ގޮތުން ދޭ އެހީއެއް ކަމަށެވެ.
މި ސްކީމާ ބެހޭ އިތުރު މައުލޫމާތު 6865001 ނަންބަރުން ހޯދޭނެ އެވެ.