Last Updated: November 22, 01:53
Thursday, November 21, 2024
ޚަބަރު

ފިތުރު ޒަކާތަށް ބޮލަކަށް ނަގާ އަދަދު އާންމުކޮށްފި

މި އަހަރުގެ ފިތުރު ޒަކާތަށް ބޮލަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މޯލްޑިވްސް ޒަކާތު ހައުސް އިން އާންމުކޮށްފި އެވެ.

އެެގޮތުން އާންމުކޮށް ދިވެހިން ފިތުރު ޒަކާތް ދައްކާ ބާވަތްތަކުން ފައިސާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އާންމުކޮށްފައިވެ އެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ.

ރާއްޖަގައި އާންމުކޮށް ފިތުރު ޒަކާތް ދައްކަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ

ފިތުރު ރޯދަ ޒަކާތަކީ ރޯދަ މަސް ނިމުމުގެ ކުރިން ދައްކަން ޖެހޭ އެއްޗެކެވެ. އަދި ފިތުރު ޒަކާތް ފިތުރު އީދު ދުވަހުގެ ކުރިން ބަހައި ނިންމަން ޖެހެ އެވެ. ފިތުރި ޒަކާތް ބަހަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.