Last Updated: November 28, 10:28
Thursday, November 28, 2024
ޚަބަރު

ވީއައިއޭގައި ކާގޯ އޮފީސް ހިންގާނެ ބަޔަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ކާގޯ ޓާމިނަލްގައި ކާގޯ އޮފީސް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި އިއުލާނެއްގައި ބުނީ އަލަށް އިމާރާތްކޮށްފައިވާ ކާގޯ ޓާމިނަލް އިމާރާތުގައި ކާގޯ އޮފީސް ހިންގަން ޝައުޤުވެރިވާ ފަރާތްތައް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކާގޯ އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ކާމިޔާބުކުރާ ފަރާތަކުން އޮފީސް ހަދައި ހިންގަން ވާނީ، އެ ކުންފުނިން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ކަމަށް ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެކަމަށް ކުރިމަތިލާ ފަރާތްތައް ވާން ޖެހޭނީ އިންޓަނޭޝަނަލް އެއާލައިނެއްގެ ކާގޯ އެއާލައިނެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކަށާއި އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކަށާއި ކަސްޓަމްސްގައި ކާގޯ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކުގެ އިތުރުން ކަސްޓަމްސްގައި ކުރިއަ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކަށެވެ.

އެގޮތުން ކުރިމަތިލާ ފަރާތްތަކަށް މި ހަތަރު ކެޓަގަރީގެ ތެރެއިން މަދުވެގެން އެއް ކެޓަގަރީއިން ހުއްދަ އޮންނަ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ކުންފުނިން ބުނީ ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރު ތުހަމަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން/ޕްރޮޕޯސަލް" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެ ކަމަށެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސް އީއޯއައި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވީ މިދިޔަ ޖެނުއަރީ މަހުގެ 15 ގަ އެވެ.